ޚަބަރު

ކެމްޕެއިން ދަތުރެއްގައި ނާޒިމް ބ.އަތޮޅަށް


  • ނާޒިމްގެ ކެމްޕެއިން ދަތުރުގައި ބ އަތޮޅުގެ 5 ރަށަކުން ފަށައިފި

  • މި ކެމްޕެއިން ދަތުރުގައި 3 އަތޮޅުގެ 15 ރަށަށް ވަޑައިގަންނަވާނެ

  • ރަށްތަކުގެ ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފަ

މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމް، ތިން އަތޮޅަކށް ކރައްވާ ކެމްޕެއިން ދަތުރުފުޅެއް ފަށްޓަވައިފިއެވެ. ނާޒިމްގެ ކެމްޕެއިން މިދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަތީ ބ.އަތޮޅަށެވެ. އެގޮތުން އެ އަތޮޅުގެ ފަސް ރަށަކަށް މިހާރު ވަނީ ވަޑައިގެންފައެވެ. އޭގެތެރޭގައި ހިމެނެނީ ބ. ދަރަވަންދޫ، ކެންދޫ، ކިހާދޫ، ދޮންފަނު އަދި މާޅޮހެވެ.

ނާޒިމްގެ ކެމްޕެއިން ދަތުރުގައި ވަނީ އެރަށްތަކުގައިތިބި އެޕާޓީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ، އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް އިޢުލާންކުރައްވާފައެވެ. ނާޒިމްއަށް މަރުހަބާ ކިޔުމުގެ ގޮތުން ބައެއް ރަށްރަށުގައި ސަޤާފީ ޙަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

4 ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ކެމްޕެއިންގެ މި ދަތުރުގައި ބުދަ ދުވަހު ރ. އަތޮޅަށް ނާޒިމް ވަޑައިގަންނަވާނެކަމަށް އެމްއެންޕީން ބުންޏެވެ. އެގޮތުން އެ އަތޮޅުގެ އިނގުރައިދޫ، ރަސްމާދޫ އަދި މަޑުއްވަރީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޕީން ބުންޏެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު އެއަތޮޅު ރަސްގެތީމް، އަނގޮޅިތީމު އަދި ދުވާފަރަށްވެސް ނާޒިމް ވަޑައިގަންނަވާނެކަމަށް އެމްއެންޕީން ބުންޏެވެ.

ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ކެމްޕެއިންގެ މި ދަތުރުގައި ނާޒިމް ހުކުރު ދުވަހު ނ.އަތޮޅަށް ވަޑައިގަންނަވާނެކަމަށް އެމްއެންޕީން ބުންޏެވެ. އެގޮތުން އެ އަތޮޅުގެ މާފަރު، ޅޮހި، މިލަދޫ އަދި ހޮޅުދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޕީން ބުންޏެވެ.

ނާޒިމްގެ ކެމްޕެއިންމި ދަތުރުގައި އެރަށްރަށް ވަޑައިގެން ވަނީ، ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. ނާޒިމްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ޑރ. އަޙްމަދު އަދީލް ނަޞީރެވެ.