ޚަބަރު

ޗައިނާގެ ކުރެހުންތެރިންގެ ހުނަރު ދައްކައިދޭ މަޢުރަޒެއް މާލޭގައި


  • އެގްޒިބިޝަން ކުރިއަށްދަނީ ސްޓެލްކޯ އޮޑިޓޯރިއަމްގައި

  • ޗައިނާ އާޓިސްޓުންގެ ތަފާތު ކުރެހުންތަކެއް ހިމެނޭ

  • ބޭނުމަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުން

  • މަގްސަދަކީ ރާއްޖޭގެ އާޓިސްޓުންނަށް ޗައިނާގެ އާޓް ވޯކްތައް ދަސްކޮށްދިނުން

ޗައިނާގެ ކުރެހުންތެރިންގެ ކުރެހުންތައް ދައްކައިދޭ މަޢުރަޒެއް މާލޭގައި ހުޅުވައިފިއެވެ. މިއީ ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން އިންތިޒާމްކޮށްގެން ޗައިނީސް ސިލްކް ޕެއިންޓިން ލޭންގުއެޖް ޑެލެގޭޝަން ގުޅިގެން ކުރިއަށްގެންދާ މަޢުރަޒެކެވެ.

ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި މަޢުރަޒަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަޑައި ވަޑައިގެންފައެވެ..
'2023 ސިލްކް ރޯޑް ޕެއިންޓިން އެންޑް ކެލިގްރަފީ އެގްޒިބިޝަން'ގެ ނަމުގައި ކުރިއަށްގެންދާ މި މަޢުރަޒުގައި ޗައިނާގެ އާރޓިސްޓުންގެ ތަފާތު ކެލިގްރަފިކް އާރޓްވޯކްސްތަކާއި، އެއާޓިސްޓުންގެ ހުނަރުވަނީ ދައްކާލާފައެވެ. ހަމައެއާއެކު ވަގުތުން އާރޓިސްޓުން ކުރަހާ މަންޒަރުވަނީ އެގްޒިބިޝަނުގެ ބައިވެރިންނަށް ދައްކާލާފައެވެ. މި އާރޓްވޯކްސްތަކުން ޗައިނާގެ ސަޤާފަތާއި، މަގްބޫލު އިހުގެ ވާހަކަތަކާއި، ޗައިނާގެ ދިރުންތަކާއި ޤުދުރަތީ މަންޒަރުތަކުގެ ތަފާތު ވާހަކައެއް އެގްޒިބިޝަންގެ ކޮންމެ ކުރެހުމަކުން ދައްކައެވެ.

މިއެގްޒިބިޝަންގެ ބޭނުމަކީ ޗައިނާގެ ރީތިކަމާއި ޗައިނާ އާޓިސްޓުންގެ ހިތުގައި އާޓަށް އޮންނަ ޝައުގުވެރިކަން ދައްކާލުމުގެ އިތުރުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުން ދެއްކުންކަމަށް ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނުން ބުންޏެވެ. މީގެއިތުރުން ދިވެހި އާޓިސްޓުންނަށް ޗައިނާގެ އާޓިސްޓުން ގެންގުޅޭ ފިހި ފަދަ ތަކެތިން ކުރަހަން ފުރުޞަތުދީ، ޗައިނަގެ ކުުރެއްހުންތައް ކުރަހަން ދަސްކޮށްދިނުމަކީވެސް މި މަޢުރަޒުގެ އެންމެ ބޮޑު އެއް މަޤްސަދުކަމަށް ޗައިނާ މޯލްޑިވްސް އެސޯސިއޭޝަނުން ބުންޏެވެ.