ޚަބަރު

ނާޒިމް މަޓާޓޯގެ ބޯޑާ ބައްދަލުކުރައްވައިފި


  • މަޓާޓޯގެ އެކްޒެކެޓިވް ބޯޑާއި ނާޒިމް ބައްދަލުކުރައްވައިފި

  • މި ބައްދަލުކުރެއްވުމުގައި ފަތުވެރިކަމުގެ ދާއިރާ އާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވޭ

  • ނާޒިމްގެ ކެންޕޭނު ދަތުރުތައް މިހާރު ވަނީ ލ.އަތޮޅަށް ފައްޓަވާފައި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް، މަޓާޓޯގެ އެގްޒެކެޓިވް ބޯޑާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ނާޒިމް ވަނީ ފަތުވެރިކަމުގެ ދާއިރާ އާއި ގުޅޭގޮތުން، މަޓާޓޯގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ. އަދި ނާޒިމްގެ މެނިފެސްޓޯގެ ތެރެއިން ފަތުވެރިކަމުގެ ދާއިރާ އާއި ގުޅޭ ސިޔާސަތުތައް، މަޓާޓޯގެ އިސް ބޭފުޅުންނާއި ވަނީީ ހިއްސާ ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި މަޓާޓޯންވެސްވަނީ ފަތުވެރިކަމުގެ ސިނާޢަތާއި ގުޅޭގޮތުން، ހުރި ކަންބޮޑުވުންތައް ނާޒިމް އާއި ހިއްސާ ކުރައްވާފައެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމްގެ ކެންޕޭނު ދަތުރުތައް އަތޮޅުތެރެއަށް ފައްޓަވާފާއިވާއިރު، މިހާރު ނާޒިމް ގެންދަވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރައްވަމުންނެވެ. އެގޮތުން މިބުރުގެ ދަތުރުގައި ލ، ތ، ދ، މ އަތޮޅުގެ އިތުރުން ފ.އަތޮޅަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.