ޚަބަރު

ދަ ޑިމޮކްރެޓްސްގެ ގެ މެނިފެސްޓޯ ލޯންޗުކޮށްފި


  • - މެނިފެސްޓޯ ބެހިގެން ވަނީ މައިގަނޑު ފަސް ބަޔަކަށް

  • - މެނިފެސްޓޯ ގެ އަމާޒަކީ ފަރުދީ ތަނަވަސް ކަމާއި އަބުރުވެރި ހަޔާތެ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދަ ޑިމޮކްރެޓްސް މެނިފެސްޓޯ ލޯންޗުކޮށްފިއެވެ. ރޭ ސަލްޓަންޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީގެ މެނިފެސްޓޯ ލޯންޗުކޮށްދެއްވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންމޭޓް ޙުސެއިން ޢަމްރުއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ ގެ މެނިފެސްޓޯ ގެ އަމާޒަކީ ފަރުދީ ތަނަވަސް ކަމައި އަބުރުވެރި ހަޔާތެކެވެ. މި މެނިފެސްޓޯ ބެހިގެން ވަނީ މައިގަނޑު ފަސް ބަޔަކަށެވެ.

މެނިފެސްޓޯ ބެހިގެންވަނީ 5 ބަޔަކަށް

- އާރޯ ވިޔަފާރި، އިގްތިސާދު އަދި މާލީ އިސްލާހު
- ލާމަރުކަޒީ ބަދަލާއި ދައުލަތް ހިންގުން
- ބޯހިޔާވަހިކަމުގެ ކަށަވަރުކަން، މަސްތުވާތަކެތީގެ ފަރުވާ، ތައުލީމާއި ސިއްހަތުގެ ބަދަލު
- މުނިފޫހިފިލުވުނ،ް ފަންނު ވެރި ކަނ،ް ސަގާފަތް އަދި ކުޅިވަރު
- އަދުލުގެ ނިޒާމު އަދި ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތު

ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި މޫސުމީ ބަދަލުތަކަށް ހާއްސަ ސިޔާސަތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިމާރާތްކުރުމުގައި ކަރަންޓު ހަރުދުކުޑަ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މިންގަނޑުތައް ހިފެހެއްޓުމަށް ބޭނުންވާ ޤަވައިދުތައް ފަރުމާކުރުމަށް ވަނީ ހިމަނާފައެވެ. އަދި އެ ފަދަ ފަރާތްތަކަށް ޕެކޭޖްތައް ލިބޭނެ ޕްރޮގްރާމްތައް ތައާރަފުކުރުމަށްވެސް ވަނީ ހިމަނާފައެވެ.