ޚަބަރު

އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ޗައިނާގެ ރައީސް މަރުހަބާ ވިދާޅުވެއްޖެ


  • ޗައިނާއާއި ރާއްޖެއަކީ އެއްގައުމު އަނެއްގައުމަށް އިތުބާރުކުރާ، އެހީތެރިވެދޭ 2 ޤައުމު ކަމަށް ވިދާޅުވި

  • ރާއްޖޭގެ ތަރައްޤީގައި ޗައިނާއިން އަބަދުވެސް އެހީވާނެ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޗައިނާގެ ރައީސް ޝީ ޖިންޕިން މަރުހަބާ ވިދާޅުވެއްޖެއެވެ.

މުއިއްޒަށް މަރުހަބާ ވިދާޅުވެ ޗައިނާގެ ރައީސް ކުރެއްވި ޓުވިޓުގައިވަނީ ޗައިނާއާއި ރާއްޖެއަކީ ހަމައެކަނި އެކުވެރި 2 ޤައުމު ނޫންކަމަށެވެ. މިދެޤައުމަކީވެސް އެއްގައުމު އަނެއްގައުމަށް އިތުބާރުކުރާ، އެހީތެރިވެދޭ 2 ޤައުމުކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ، ޗައިނާއާއި ރާއްޖޭގެ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މިގުޅުން އިތުރަށް ދަމަހައްޓައި ކުރިއަރުވައި ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޗައިނާއިން ތައްޔާރަށް އޮތްކަމަށް ޝީ ވަނީ ވިދާޅުވެފައެވެ.

ޑރ.މުހައްމދު މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރާއްޖެއިން ބޭރުގެ ގިނަ ޤައުމުތަކުގެ އިސްވެރިން އަންނަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވަމުންނެވެ.