ޚަބަރު

ޑްރަގު މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ


  • ހޯދަމުން ދަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް

  • އޭނާ މީހާ ހޯދަނީ ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން

މަސްތުވާތަކެތީގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިިި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ މ. ރިހިވިދުވަރުގެ، އުމުރުން 29 އަހަރުގެ އަސްޢަދު ޢަލީއެވެ.

ފުލުހުން ވިދާޅުވީ، އޭނާ މީހާ ހޯދަމުން ދަނީ ދައުލަތުން ދައުވާކުރާ ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2023 އޮކްޓޫބަރ 25 ވަނަ ދުވަހުގެ 14:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށެވެ.

އަސްޢަދު ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.