ޚަބަރު

ގެއްލިގެން ހޯދާތާ 13 ދުވަސްފަހުން މާލޭގައި ހުރިކަން އަމިއްލަ އަށް އަންގައިފި


  • - ގެއްލިގެން ރިޕޯޓްކުރީ މިމަހުގެ 3 ވަނަދުވަހު

  • - މާލޭގައި ހުރިކަން އާއިލާއަށް އެންގީ 16 ވަނަދުވަހު

ކުޅުދުށްފުށިން ގެއްލުނުކަމަށް ބުނި މީހާ ހޯދަމުންދާތާ 13 ދުވަސްފަހުން މާލޭގައި ހުރިކަން އަމިއްލައަށް އާއިލާއަށް އަންގައިފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ކުޅުދުއްފުށީ ސިޓީ، ލަންދޫގެ އުމުރުން 39 އަހަރުގެ ޢަބްދުﷲ އިބްރާހީމްއެވެ. އޭނާ ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 3 ވަނަދުވަހުއެވެ. އެދުވަހުން ފެށިގެން އޭނާ ހޯދުމަށް ފުލުހުން ވަނީ ފޮޓޯ ޖަހާ އާއްމުކޮށް ޢިއުލާންކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި މިހާ މާލޭގައި ހުރިކަން އޭނާގެ އާއިލާއަށް މިމަހުގެ 16 ވަނަދުވަހު އަމިއްލައަށް ގުޅާ އަންގާފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.