ޚަބަރު

މަތިންދާބޯޓެއް ވެއްޓި، ކެނެޑާގެ ކުރީގެ މިނިސްޓަރެއް މަރުވެއްޖެ


މަތިންދާބޯޓް ވެއްޓުމުގެ ހާދިސާގައި މަރުވި ކެނެޑާގެ ކުރީގެ ކެބިނެޓް މިނިސްޓަރެއް ކަމަށްވާ ޖީން ލެޕިއަރ

ކެނެޑާގައި އިއްޔެ ހިނގި މަތިންދާބޯޓު ވެއްޓުމުގެ ޙާދިސާއެއްގައި ކެނެޑާގެ ކުރީގެ ކެބިނެޓް މިނިސްޓަރެއް ކަމަށްވާ ޖީން ލެޕިއަރއާއެކު އޭނާގެ ޢާއިލާގެ ފަސް މީހުން މަރުވެއްޖެއެވެ.

ލެޕިއަރގެ ޢާއިލާ ދަތުރު ކުރީ، އޭނާގެ ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށް ކަމަށްވެއެވެ. އެޢާއިލާ ދަތުރުކުރި ކުޑަ މަތިންދާބޯޓު ވެއްޓިފައިވަނީ، މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ޚަބަރުލިބެއެވެ. މިޙާދިސާގައި ބޯޓުން ދަތުރުކުރި ހަތް މީހުން ވަނީ މަރުވެފައެވެ.