ސިއްހަތު

މިއަހަރުގެ ބަޖެޓުން އެއްކަމަކަށް ކުރެވޭ އެންމެ ބޮޑު ހޭދަ


މިއަހަރުގެ ބަޖެޓުން އެއްކަމަކަށް އެންމެ ބޮޑު ހޭދައެއް ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޭޝެނަލް ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމްކުރެއްވުމަށްކަމަށް ފިނޭންސް މިނިސްޓަރއަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

 ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ މަރުކަޒްގައިބޭއްވި ޚާއްޞަ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފިނޭންސްމިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ، އައިޖީއެމް އެޗްގައި ޤާއިމްކުރާ މި ސެންޓަރަކީމި ސަރަޙައްދުންވެސް ފާހަގަކޮށްލެވޭނެ ޒަމާނީ ވަޞީލަތްތަކާއެކު ހުޅުވޭ ނަމޫނާ ސެންޓަރަކަށް ވެގެންދާނެކަމަށެވެ. އަދި މި ސެންޓަރޤާއިމްކުރައްވައި ނިމުމުން ޢާންމުކޮށްރާއްޖެއިން ބޭރަށްގޮސް ލިބިގަންނަ ބޭސް ފަރުވާތައް ރާއްޖޭގައި ތިބެގެން އެސެންޓަރުންކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.