ނޭޗަރ ޕާކު ގާއިމްކުރުމަށާއި ބަޔޮސްފިއަރ ރިޒާވްއަކަށް ޝައުގުވެރިވާ އަތޮޅުތަކާއި ރަށްރަށުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ދިވެހި ސަރުކާރުގެ މެނިފެސްޓޯ 2023-2028 ގެ ތިމާވެއްޓާއި ހަކަތަ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދަށުން 2028ގެ ނިޔަލަށް ރާއްޖޭގެ އިތުރު 3 ސަރަހައްދެއް ބަޔޮސްފިއަރ ރިޒާވްއަކަށް ހެދުމަށާއި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ.
މި ނިންމެވުމާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިހާރު ވަނީ މިކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައެވެ.
މިގޮތުން، ނޭޗަރ ޕާކް ޤާއިމުކުރުމަށް ޝައުޤުވެރިވާ ރަށްރަށުން، އަދި ބަޔޮސްފިއަރ ރިޒާވްއަކަށް ޝައުޤުވެރިވާ އަތޮޅުތަކުން 'ޝައުޤުވެރިވެކަން ފާޅުކޮށް ހުށަހަޅާ ފޯމް' ފުރިހަމަ ކުރުމަށްފަހު، އަންނަމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް މި އީމެއިލް މެދުވެރިކޮށް ނުވަތަ މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅޭނެއެވެ.
މި ފޯމު އެވުޒާރާގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ.