ޚަބަރު

ހަނިމާދޫން އިންޑިއާގެ އިތުރު ސިޓީތަކަށް ދަތުރުތައް ފަށަނީ


  • ހަނިމާދޫއިން މިހާރު ދަތުރުތައް ކުރަނީ ޓްރެވެންޑްރަމަށް

  • އިތުރު ސިޓީތަކަށް ދަތުރުތައް ބޭއްވުމަށް ދިރާސާތައް ކުރަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓުން އިންޑިއާގެ އިތުރު ސިޓީތަކަށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެފިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓުން މޯލްޑިވިއަނުން ހަމައެކަނި ދަތުރުތައް ބާއްވަނީ އިންޑިއާގެ ޓްރެވަންޑްރަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލޭންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓްއަކީ އެކުންފުނިން ދަތުރުތައް ކުރާ މަންޒިލް ތަކުގެ ތެރެއިން ޑިމާންޑު ބޮޑު އެއް އެއަރޕޯޓުކަމަށެވެ.

ސަލީމް ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ކުރަމުން އަންނަ ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށާއި، މިގޮތުން އެ އެއަރޕޯޓުން އިންޑިއާގެ ޓްރެވެންޑްރަމަށް ކުރާ ދަތުރުތަކުގެ އިތުރުން، އެޤައުމުގެ އެހެނިހެން ސިޓީތަކަށްވެސް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އިންޑިއާގެ އެހެން ސަރަޙައްދުތަކަށް ދަތުރުތައް ފެށުމަށް އެކުންފުނީގެ ކޮމާޝަލް ޓީމުން ދަނީ ދިރާސާތައް ކުރަމުންނެވެ. އެގޮތުން ބޮޑު ތިލަދުންމަތީ ސަރަޙައްދުގައި ފަތުރުވެރިކަން ކުރިއަށްގެންދާ މީހުންނާއި އެހެނިހެން ވިޔަފާރިވެރިންނާއި އާންމުންގެ ޚިޔާލު ހޯދާނެކަމަށް ސަލީމް ވިދާޅުވިއެވެ.

"ބެންގަލޫރަކީ އިންޑިއާގެ އެހެން ސިޓީތަކާ ވަރަށް ކަނެކްޓިން ރަނގަޅު ތަނެއް. މިހާރު އިތުރު ސަރަޙައްދުތަކަށް ދަތުރުތައް ފެށުމަށް މަޝްވަރާތައް ކުރަމުންދަނީ. ވަރަށް އުފާވެރިގޮތަކަށް މި މަޝްވަރާތައް ނިމޭނެކަމަށް އުއްމީދުކުރަން "އައިލޭންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަތީ މިވަގުތު ވަނީ ހަނިމާދޫއިން ޓްރެވެންޑްރަމްއަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް އެއަޕޯޓްގެ އައު ރަންވޭގެ ބައެއް ހުޅުވުމުން ބައިނަލްއަޤްވާމީ ދަތުރުތައް ވަރަށް އަވަހަށް ދަތުރުތައް ފަށާނެކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެއެވެ.