އަމާޒަކީ ޒުވާނުން ޒަވާޖީ ހަޔާތާއެކު ބިނާކުރާ ޖީލުގައި ސަރުކާރުގެ ހިއްސާ އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، "ގެދޮރުވެރިކުރުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒުވާނުނަކީ، ގައުމު ބިނާ ކުރުމުގެ އެންމެ ބޮޑު އެއް ރައުސުލްމާލެވެ. ސަރުކާރުން މިހާރު ކުރިއަށްގެންދަވާ މަޝްރޫއުތަކަކީވެސް ޒުވާނުންނަސް އަމާޒު ކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކެވެ. ގެދޮރުވެރިކުރުމުގެ ނަމުގައި ޖުމްޙޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، ޒުވާނުން ޒަވާޖީ ހަޔާތާއެކު ބިނާކުރާ ޖީލު ބިނާކުރުމުގައި ސަރުކާރުގެ ހިއްސާއެއް އޮތުން ކަމުގައެވެ. ހައުސިން މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތަކުގެ މަންފާ ޒުވާނުންނަށް ލިބޭކަމީ އުފާކުރައްވާ ކަމެއް ކަމަށާއި، މާލެ ސަރަޙައްދަކީ ޒުވާނުންނަށް މުސްތަޤްބަލެއް އޮތް ސަރަޙައްދެއްކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. ރައީސް ވިދާޅުވީ، ޒުވާނުންނަށް އަމާޒު ކުރެއްވި ނަމަވެސް އެކި ގިންތި ތަކަށްވެސް ފުރުސަތު އެބައޮތްކަމަށެވެ.
ރައީސް ވިދާޅުވީ، ޒުވާނުންގެ ހަމަޖެހުމުކީ ގައުމުގެ ހަމަޖެހުން ކަމަށެވެ. އިތުރަށް ވާހަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، މިހާރު ދިވާމެފައިވާ އެންމެ ބޮޑު މައްސަލައަކީ، ބޯހިޔާވަހިކަމުގެ ދަތިކަމުން، ތުއްތު ކުދިން ރަނގަޅު މާހައުލެއްގައި ތަރުބިއްޔަތު ނުކުރެވުން ކަމަށެވެ. ތުއްތު ކުދިންނަކީ މުސްތަގްބަލުގެ ޖީލު ކަމަށްވީހިނދު އެކުދިންމަތިން ހަނދާން ނައްތާލައިގެން ތިބެވެން ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ތުއްތު ކުދިން ފިލާވަޅު ލިބިގަންނަނީ އެކުދިން އުޅޭ މާހައުލުން ކަމަށާއި، ކޮޑިގަނޑެއްގެ ތެރޭގައި އެކުދިން ތަރުބިއްޔަތުވެގެން އައުމުން އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރައްވަނީ މިފަދަ ކަންކަން ހައްލު ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ. މާލޭގައި ޕާކުތަކާއި މައިޒާންތައް ތަރައްޤީ ކުރެއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީވެސް ތުއްތު ކުދިންނަށް ފަހި މާހައުލެއް ހޯއްދަވައިދެއްވުންކަން ރައީސްގެ ވާހަފުޅުގައި ފާހަގަކުރެއްވިއެވެ.