ޚަބަރު

ބްރޯޑްކޮމްގެ މެމްބަރުކަމަށް ނުޒުހާ އައްޔަންކުރަން ފާސްކޮށްފި


  • ނުޒުހާގެ ނަން މަޖިލީހަށް ފޮނުވީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ އައިމިނަތު ނުޒުހާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް އޮފީހުން މަޖިލީހަށް 5 ނަމެއް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުއެވެ. އެ ނަންތައް މަޖިލީހުން ދިރާސާކުރުމަށްފަހު ތަޅުމަށް ފޮނުއްވީ އޭގެތެރެއިން 3 ނަމެކެވެ. އެއީ،

1. އައިމިނަތު ނުޒުހާ، ރިވޯޑް، ހއ. ހޯރަފުށި
2. ހުސެއިން އަމްރު، ވ. ރޯޝަން
3. މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ

މިއަދުގެ ޖަލްސާގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުސްވެފައިވާ މަޤާމަށް ނުޒުހާ އައްޔަންކުރަން ފާސްބީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެެރިވި 34 މެންބަރުން އަޤްލަބިއްޔަތުންނެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް އައްޔަންކުރި ނުޒުހާއަކީ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.