ފިޠުރު ޢީދަށް ރާއްޖެ ދިއްލާލުމުގެ މަސައްކަތް ނިމުމަކާއި ހަމައަށް ގޮސްފައިވާކަމަށާއި، މިއީ އެންމެންވެސް ހައިރާންކޮށްލާ ވަރުގެ ފުރިހަމަ ހަރަކާތަކަށް ވެގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފިޠުރު ޢީދަށް ރާއްޖޭގެ މައި ރަށްތައް ދިއްލާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަށް އެކަން ކުރުމަށް ވަމުންގެންދާ ތައްޔާރީތަކުގެ ފަހުގެ މަޢުލޫމާތު ޕީއެސްއެމްއާއި ޙިއްސާ ކުރައްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ކުޅުދުއްފުށި ސިޓީ ފިޔަވާ ހުރިހާ ރަށެއްވެސް މިކަމަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.
ކުޅުދުއްފުށީގައި ކޮންމެވެސް ވަރަކަށް މިހާރުވެސް ލައިޓުތައް ހަރުކުރެވިފައިވާއިރު، އެސިޓީގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ފެނަކަ މުވައްޒަފުން ކެނޑިނޭޅި ހަރަކާތްތެރިވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެ ސިޓީގެވެސް ހަރަކާތް ކުރިއަށްދާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުޅުދުއްފުށީގައިވެސް ކޮންމެވެސް މިހާރު ހުރީ ހަރުކުރެވިފައި ލައިޓުތައް އެފިޔަވާ ރާއްޖޭގައި ހަރުކުރަން ޖެހޭ ގާތްގަނޑަކަށް ހުރިހާތަނެއްގައި މިހާރު ހަރުކުރެވިފައި ހުރީ. ޓެސްޓު ކުރެވެމުން މިދަނީ. ވަރަށް ފޯރިއާއި ޖޯޝާއިއެކީ މަސައްކަތްތައް ކުރިއަށްދޭ. އަޅުގަނޑުމެން 24 ގަޑިއިރު މިމަސައްކަތުގައި އުޅެމުން މިދަނީ. އަޅުގަނޑުމެން މިނިސްޓްރީގެ ބޭފުޅުންނާއި ހުރިހާ ބޭފުޅުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ. އިރާދަ ކުރެއްވިޔާ މިއީ ހަމަ ސަޕްރައިޒިން އިވެންޓަކަށް ވެގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
"ކުޅުދުއްފުށީގައިވެސް ކޮންމެވެސް މިހާރު ހުރީ ހަރުކުރެވިފައި [ލައިޓުތައް]. އެފިޔަވާ ރާއްޖޭގައި ހަރުކުރަން ޖެހޭ ގާތްގަނޑަކަށް ހުރިހާތަނެއްގައި މިހާރު ހަރުކުރެވިފައި ހުރީ. ޓެސްޓު ކުރެވެމުން މިދަނީ. ވަރަށް ފޯރިއާއި ޖޯޝާއިއެކީ މަސައްކަތްތައް ކުރިއަށްދޭ. އަޅުގަނޑުމެން 24 ގަޑިއިރު މިމަސައްކަތުގައި އުޅެމުން މިދަނީ. އަޅުގަނޑުމެން މިނިސްޓްރީގެ ބޭފުޅުންނާއި ހުރިހާ ބޭފުޅުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ. އިރާދަ ކުރެއްވިޔާ މިއީ ހަމަ ސަޕްރައިޒިން އިވެންޓަކަށް ވެގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
މިއީ ސަރުކާރުން ޢީދު ފާހަގަކުރުމުގައި އަތޮޅުތައް ޝާމިލުވާގޮތަށް ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. ރަށްތަކަށް ލައިޓްތައް ގެންދިއުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނި ސްޓެލްކޯ އެހީތެރިކަމާއެކުއެވެ. އަދި އިންސްޓޯލްކުރުމުގެ މަސައްކަތްތައް ކައުންސިލްތަކާއި، ފެނަކަ އަދި ރައްޔިތުން ގުޅިގެން އަންނަނީ ކުރަމުންނެވެ.
މިހަރަކާތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ސިޓީއަކާއި، އަތޮޅުތަކުގެ ވެރިކަން ކުރާ ހުރިހާ ރަށެއްގައި މިހަރަކާތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ލައިޓުތައް ދިއްލާ އިފްތިތާޙް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.