ޚަބަރު

ޢީދު ބަންދާއި ގުޅިގެން 4 ދުވަހު ސްޕްޝަލިސްޓް އޯޕީޑީގެ ޚިދުމަތް ބަންދުވާނެ: އައިޖީއެމްއެޗް


  • ބަންދުވާނީ ޙައްޖު ދުވަހާއި ޢީދު ދުވަސް އަދި މިމަހުގެ 19 އާއި 20ވަނަ ދުވަހު

  • އިމަޖެންސީ އަދި އާއްމު ބަލިތަކުގެ އޯޕީޑީ ޚިދުމަތް ހުރިހާ ދުވަހަކު ލިބޭނެ

  • ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތް ލިބޭނީ މިމަހުގެ 17، 18 އަދި 22 ވަނަ ދުވަހު

ޢީދު ބަންދުގައި އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްގައި އޯޕީޑީގެ ޚިދުމަތްދޭ ދުވަސްތައް އާއްމުކޮށްފިއެވެ.

1445 އަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތާއި ގުޅިގެން އެ ހޮސްޕިޓަލުގެ އޯ.ޕީ.ޑީ އަށް ގެނެވޭ ބަދަލާއި ގުޅޭގޮތުން އައިޖީއެމްއެޗްއިން ވިދާޅުވީ ޙައްޖު ދުވަހާއި ޢީދު ދުވަހުގެ އިތުރުން މިމަހުގެ 19 އަދި 20 ވަނަ ދުވަހު، ޚާއްސަ ޑޮކްޓަރުންގެ އޯޕީޑީގެ ޚިދުމަތްތައް ބަންދުވާނެކަމަށެވެ.

އައިޖީއެމްއެޗުން ވަނީ އީދު ބަންދުގައި އެ ހޮސްޕިޓަލްގެ ސްޕެޝަލިސް އޯޕީޑީގެ ޚިދުމަތް ލިބޭނީ މިމަހުގެ 17، 18 އަދި 22 ވަނަ ދުވަހުކަމަށާއި، އެ ދުވަސްތަކުގައި އާއްމު އުސޫލުން ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ޚިދުމަތްތައްވެސް ލިބޭނޭނެކަން ހާމަކުރައްވާފައެވެ.

އޯފީޑީ ޚިދުމަތްދޭ ދުވަސްތަކަށް ބަދަލުގެނައިނަމަވެސް، އިމަޖެންސީ ޚިދުމަތްތަކާ އިން ޕޭޝަންޓް ޚިދުމަތްތައް ހުރިހާ ދުވަހެއްގައިވެސް ލިބޭނެއެވެ. ހުމާ ރޯގާއާއި އާއްމު ބަލިތަކާއި ގުޅިގެން، އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތްވެސް ކޮންމެ ދުވަހަކުވެސް ދޭނުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވިއެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގާ ވިލިނގިލި އަދި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގައިވެސް އީދު ބަންދުގައި ޚިދުމަތްދޭނީ އެ އުސޫލުންކަމަށެވެ.