ކުޅިވަރު

މަދު ބޯޅަ އަކުން ސްލޮވީނިއާ މޮޅުވެދާނެ، ޕޯޗުގަލް އޮތީ ރޮނާލްޑޯގެ ދިފާއުގައި


  • []

ޕޯޗުގަލް އާއި ސްލޮވީނިއާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ އަށަކުން ޖާގަ ހޯދުމަށް މިރޭގެ މެޗަށް ނުކުންނައިރު ދެ ބައި މީހުންނަށް ވެސް އޮތީ ޔަގީންކަމެކެވެ. މެޗުން މޮޅުވެގެން މުބާރާތުގެ ދެ ވަނަ ބުރަށް ދެވޭނެ ކަމުގެ ޔަގީންކަމެވެ.

ސްލޮވީނިއާ ޓީމަކީ ހަލުވި، ވަރުގަދަ އަށް މަސައްކަތް ކުރާ ކުޅުންތެރިންގެ ޓީމެކެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކަށިން ހިތްވަރު ނެރޭ ޓީމެއް. މުބާރާތުގެ ގްރޫޕް ފިޔަވަހީގައި އެމީހުން ވަނީ އެކަން ސާބިތުކޮށްދީފަ އެވެ.

ގްރޫޕުގެ ފަހު މެޗުގައި ޖޯޖިއާ އަތުން ބަލިވުމުން ޕޯޗުގަލް ކުޅުންތެރިން ތިބީ ހަގީގަތުގައި ވެސް ދެރަވެފަ އެވެ. އެމީހުން ދެކޭ ގޮތުގައި އެ މެޗުގައި ފެނުނީ ޕޯޗުގަލްގެ ފެންވަރެއްނޫނެވެ. ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ސްލޮވީނިއާ އަކީ މޮޅަށް ކުޅެ މޮޅުވާނެކަން ގަބޫކުރާ ޓީމެއް ކަމަށާއި އެފަދަ ބަޔަކު ބަލިކުރަން ފަސޭހަނުވާނެ ކަމަށެވެ. ސްލޮވީނިއާ އަކީ ވަރަށް އެކުވެރި، ޑިފެންސިވް ވަރުގަދަ ޓީމެއްކަން ވެސް އޭނާ ފާހަގަކުރި އެވެ.

އޭނާގެ މިވާހަކަ މި ގޮތަށް އައުމުގެ މައިގަނޑު ސަބަބަކީ ސްލޮވީނިއާ އިން ވަނީ މިދިޔަ މާޗު މަހު ޕޯޗުގަލް 2-0އިން ބަލިކުރުމެވެ. އެއީ މިހެންވެ މާޓިނޭޒް ބުނީ ސްލޮވީނިއާގެ ކޯޗު މެޖާޒް ކެކަށް ފުރިހަމަ އިހްތިރާމް ދޭނެ ކަމަށާއި އެއީ މޮޅު ކޯޗެއް ކަމަށެވެ.

މި ފަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ސާބިތުވި އެއް ކަމަކީ މެޗަކުން މޮޅުވާން ސްލޮވީނިއާ ޓީމު މާގިނަ ވަގުތު ބޯޅަ ނުގެން ނުޖެހޭކަމެވެ. އެމީހުން ގްރޫޕް ސްޓޭޖަށް ދަތުރުކުރީ ކުޅުނު ތިން މެޗުގައި ވެސް އިދިކޮޅު ޓީމަށް ބޯލް ޕޮޒިޝަން ދީފަ އެވެ. މިހެންވެ މާޓިނޭޒް ބުނީ އެއީ އަވަސް އެޓޭކްތަކާއެކު ގޯލު ޖަހަން ފަރިތަ ޓީމެއް ކަމަށާއި އެމީހުންނާ ދޭތެރޭ ކުޑަހިނދުކޮޅަށް ވެސް ފަރުވާކުޑަކޮށްލައިގެން ފަރު ނުޖެހޭނެ ކަމަށެވެ.

ޕޯޗުގަލް ޓީމުގައި ގޯލެއް ޖެހުމުގެ އުއްމީދަށް ނިމުން ގެންނަން އެންމެ ބޮޑަށް ބޭނުންވެފައިހުރި ކުޅުންތެރިއަކީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ކޯޗު ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ބަދަލުކުރި އިރު ވެސް ރޮނާލްޑޯ ދަނޑުމަތީގައި ބެހެއްޓީ އެއީ ގޯލެއް ޖަހަން އެންމެ ފަސޭހަވާނެ އެއް މެޗު ކަމަށް ދެކިގެންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިންމައި ޗޭންޖިން ރޫމަށް އޭނާ ދާން ޖެހުނީ ރެފްރީގެ ނިންމުންތަކަށް އިންތިހާ އަށް ފާޑުކިޔަމުން ރުޅިވެރިކަމާއެކުގަ އެވެ. މި މުބާރާތުގައި ރޮނާލްޑޯ ގޯލެއް ޖަހައިފިނަމަ އޭނާ ވެގެންދާނީ ޔޫރޯގެ ތާރީހުގައި ވެސް އެންމެ ދޮށީ އުމުރެއްގައި ގޯލް ޖަހާ ކުޅުންތެރިޔާ އަށެވެ. އެކަމަކު ބޮޑު މުބާރާތެއްގައި އޭނާ ގޯލް ނުޖަހާތާ މިހާރު ހަތް މެޗު ފާއިތުވެގެން ހިނގައްޖެ އެވެ.

މިވާހަކަ ނޫސްވެރިން ދައްކަން ފެށުމުން ކޮންމެ ނިޔަތެއްގައި ނަމަވެސް ޕޯޗުގަލްގެ ކުޅުންތެރިން ވަނީ އެމީހުންގެ ކެޕްޓަންގެ ދިފާއުގައި ނުކުމެފަ އެވެ. ބުރޫނޯ ފެނާންޑޭޒް އާއި ލަފޭލް ލިއާއޯ ބުނީ އަމިއްލަ އަށް ގޯލު ޖެހުމަށްވުރެ ބޮޑަށް ރޮނާލްޑޯ އިސްކަންދެނީ ޓީމު މޮޅުކޮށްދޭން ކަމަށެވެ. އެކަމަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭނެ އެއް ކުޅުންތެރިއަކަށްވާނީ މިޑްފީލްޑަރު ވިޓީނިއޯ އެވެ. މި ފަހަރުގެ ޔޫރޯގައި ކިލާ ޕާސް އެންމެ ގިނައިން ކުރި ކުޅުންތެރިއަކީ އޭނާ އެވެ. ނަމަވެސް މިއިން ބޯޅައެއް ޕޯޗުގަލްގެ ފޯވަޑުންނަށް ލިބުނަ ނުދިނުމަށް ސްލޮވީނިއާއިން ފަހަތާއި މެދުތެރެ ފިއްތާލުމުން ދެންވާނީ ކިހިނެތްބާ އެވެ؟.