މ. މުލިން ކަރަންޓް ކެނޑުމާއި ގުޅިގެން އައު ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މ.މުލީގައި ކަރަންޓު ދިނުމަށް ބަހައްޓާފައިހުރި 2 ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށެވެ.
މ.މުލީގައި ކަރަންޓު ދިނުމަށް ބެހެއްޓިފައި ހުރި 2 ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ވަނީ ކަރަންޓުގެ ޙިދުމަތް ކެނޑިފައެވެ. އަދި މައްސަލަ ދިމާވި ވަގުތުން ފެށިގެން އަޅުގަނޑުމެންގެ ޓީމުތަކުން ދަނީ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައެވެ. މިވަގުތު، އިތުރު…
— Fenaka Corporation Ltd (@TeamFenaka) July 18, 2024
މިއާއެކު މައްސަލަ ދިމާވި ވަގުތުން ފެށިގެން، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އެގޮތުން 600 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް އެރަށަށް ގެންގޮސް، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތްކުރާކަމަށް ފެނަކައިން ވިދާޅުވިއެވެ.
މި ހާލަތުގައި ރައްޔިތުންނަށް ދިމާވާނެ އުނދަގޫތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.