ޚަބަރު

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑެތި އަނިޔާތަކެއް


  • އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން

  • ސައިކަލުގައި އިން މީހާގެ ހާލު ސީރިއަސް

ހުޅުމާލޭ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ކާރަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު މެންދުރުގެ ވަގުތެއްގައި ލިބުނު ކަމަށެވެ.

އެކްސިޑެންޑް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް އިން ފިރިހެން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އެމީހާގެ ހާލު ސިރީއަސް ކަމަށެވެ. އަދި އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލު ކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ރިފަރ ކޮށްފައިވާނެ ކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މިއެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ އެކްސިޑެންޓްވުމުން ފިލައިގެން ގޮސްފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.