ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރަކަށް ރަޝްފާ ހޮވިއްޖެ


ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ އެންމެ މޮޅު ރޭޑިއޯ ޕްރެޒެންޓަރަކަށް މ. ޕްރެމިއޯ އާމިނަތު ރަޝްފާ ރަޝީދު ހޮވިއްޖެއެވެ. 

އެންމެ މޮޅު ޕްރެޒެންޓަރަކަށް އޭނާ ހޮވުނީ ފައިނަލްގައި ނ.ވެލިދޫ ޝަބްނަމްގޭ އާމިނަތު ހުޒާމާއާއި، ހަމަ އެރަށު ލޮނުވެލި މަރިޔަމް އިމާދްއާ ވާދަކޮށްގެނެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން މާރޗްމަހުގެ ވިހިވަނަ ދުވަހުން ފެށިގެން ރެއާއި ހަމައަށް ކުރިއަށް ގެންދިޔަ މުބާރާތުގެ އޮޑިޝަންގައި 300 އަށްވުރެއް ގިނަ ބައިވެރިން ބައިވެރިވިއެވެ. ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގައި ޕްރޮފައިލް އިންޓަރވިއުއާއި، ޕްރޮގްރާމް އުފައްދާ ހުށައެޅުމުގެ ފުރުޞަތު ބައިވެރިންނަށް ދީފައިވެއެވެ. 

މި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ މިއީ މުބާރާތަކަށްވުރެ ބޮޑަށް ތަމްރީން އުނގަންނައިދޭ ކޯހެއްގެ ގޮތުގައި ސިފަކުރެވޭކަމަށެވެ. 

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގައި ބައިވެރިވި ހުރިހާ ބައިވެރިންގެވެސް، ހުށަހެޅުމުގެ ހުނަރު ހުރިކަން މި މުބާރާތުގެ ޕްރޮޑިއުސަރުން ފާހަގަކުރައްވައެވެ.