ޚަބަރު

ރާއްޖެއަކީ އަމިއްލަ ވިޔަފާރިތަކަށް އެންމެ ފަހިތަން: މާލީ ވަޒީރު


  • އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރާއްޖޭޣައި ހުރި ފުރުޞަތުތައް ތަފްސީލްކޮށްދެއްވި

ވިޔަފާރިއައި އިންވެސްޓްކުރުމަށް އިންޑިޔާގެ އަމިއްލަ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ރާއްޖޭގައި އެބަހުރި ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ނިއުސިއްލީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ އިންޑީއާގައި ބޭއްވި ފުރަތަމަ ފޯރަމެވެ.

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އިޤްތިޞާދީ ކަންކަމުގައި ދެ ޤައުމު ގުޅިގެން ކުރިއަށްގެންދެވޭނެ ގިނަ ކަންކަން އެބަހުރިކަމުގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރު ހާސިލުކުރުމަށް ދެޤައުމުގެ ވިޔަފާރިވެރިންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ރާއްޖޭގެ އިޤްތިޞާދު 2028 ވަނަ އަހަރު އަންނަންވާއިރަށް ބަދަލުކޮށް ސިންދަފާތުކުރުމެވެ. ދަރަނި ކުޑަކުރުމާއި މާލީ ޙާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ދެ ބަޔަކަށް ވަނީ ބަހާލައިފަ" މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްމަންޓްތަކަށް ސަރުކާރުން އިސްކަންދެއްވާ މިންވަރާ ގުޅޭގޮތުންވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ތެލަށްކުރާ ޚަރަދުކުޑަކުރުމަށް އިއާދަކުރަނިވި ހަކަތަ މުހިންމުކަމާ ގުޅޭގޮތުންވެސް ވާހަކަފުޅުދެއްކެވިއެވެ. ސަރުކާރުގެ ޢަމާޒަކީ ރާއްޖޭޣައި ބޭނުންކުރާ ހަކަތައިގެ ނިސްބަތް 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.

ވަޒީރުގެ ވާހަކަފުޅުގައި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ވަސީލަތްތަކާ ޓެކްނޮލޮޖީގެ އެހީއާއެކު ޕްރައިވެޓް ސެކްޓަރ ކުރިއެރުވުން. މަސްވެރިކަމުގެ ސިނާޢަތްވެސް ކުރިއެރުވުމުގެ ގޮތުން އަގު އެއްކޮށްފައިވާ އުފެއްދުންތައް އިތުރުކުރުކުރުމަކީ ސަރުކާރުގެ އަމާޒު" މާލީ ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިންގެ މާކެޓުތައް ސިންދަފާތުކުރުމާއި، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ވަޒީރުގެ ވާހަކަފުޅުގައިވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ދެކުނާއި އުތުރުގައި ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވަނީ ވިދާޅުވެފައެވެ. އެގޮތުން އައްޑޫ އިންޓަނޭޝަން އެއަރޕޯޓާ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫއަކީވެސް މިކަމުގެ ބައެއްކަމުގައި ފާހަގަކުރެއްވިއެވެ.

ސަރުކާރުން މަސައްކަތްކުރަނީ އައްޑޫސިޓީގައި ފަތުރުވެރިކަމުގެ 6،000 އެނދު ތަރައްޤީކުރުމަށެވެ. އަދި ހުވަދު އަތޮޅުގައި 10،000 އެނދު ތަރައްޤީކޮށް ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަށެވެ.