ޚަބަރު

އަނިޔާތަކާއެކު މަގުމަތީގައި އޮތް މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދީފި


  • އޭނާ އޮތީ "ސޮރީ ބޯއިސް: ފިހާރަ ކުރިމަތީގައި

  • އެއީ ދިވެހި ފިރިހެނެއް

އަނިޔާތަކާއެކު މަގުމަތީގައި އޮތް މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދީފިއެވެ.

ފުލުހުން ވިދާޅުވީ މަޖީދީ މަގު "ސޮރީ ބޯއިސް: ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމަށް ރޭ 1:25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެކެވެ.

އަދި އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށްފަހު، މިއަދު 6:19 ހާއިރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.