ޚަބަރު

ވަޔާއި ކަނޑު ވަރަށް ގަދަ، ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު


  • 7 އަތޮޅަށް ވަނީ އެލަރޓް ނެރެފައި

  • ކަނޑުތައް ވަރަށް ގަދަ

މޫސުން ގޯސްވެ އުތުރާ މެދުރާއްޖެތެރެ ހިމެނޭހެން 7 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ސަމާލު ނެރެފައިވަނީ އާދަޔާ ޚިލާފަ ވައި ގަދަވެ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ.

އެގޮތުން ގަޑިއަކު 28 މޭލާ 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި ގަޑިތަކުގައި ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާ 8 ފޫޓާ ދެމެދުގައެވެ.

ޔެލޯ އެލަރޓް ނެރެފައިވަނީ މެންދުރުފަހު 03:00އާއި ހަމައަށެވެ.


މިފަދަ ޙާލަތްތަކުގައި ދަތުރަށް ކަނޑުމައްޗަށް ނުނިކުތުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ބޮޑު ބަޔަކަށް ސަމާލު ނެރެފައިވާއިރު، މާލެ ހިމެނޭ ސަރަޙައްދަށް އާދަޔާ ޚިލާފައި ވައި ބާރުވެ ހެނދުނުން ފަށައިގެން އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. އަދި ގަދަ ވައި ދަނީ ޖެހެމުންނެވެ.