ޚަބަރު

ރާއްޖެއަށް އެތެރެކުރަން އުޅުނު 1.3 ކިލޯގެ ކެނަބިސް އަތުލައިގެންފި


ރާއްޖެއައި ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން އެކެއް ޕޮއިންޓް ތިނެއް ކިލޯ އަށްވުރެ ގިނަ "ކެނަބިސް" އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ހާމަކުރައްވައިފިއެވެ.  

ކަސްޓަމްސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރޭ އެތަކެތި އަތުލައިގަނެފައިވަނީ ބަނގްލަދޭޝްއިން ރާއްޖެ އައި އުމުރުން 29 އަހަރުގެ ފިރިހެނެއްގެ ލަޖެޖުން ކަމަށެވެ. ފަހަކަށް އައިސް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި ގިނައިން އަތުލައިގަނެވެނީ ބަނގްލަދޭޝް މީހުންގެ އަތުން ކަމަށާއި، އެކަމުގެ ސަބަބުން އެޤައުމުގެ ރައްޔިތުން ހާއްސަގޮތެއްގައި މޮނިޓަރ ކުރަމުން ގެންދަވާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއްވައެވެ. 

img:http://s1.psmnews.mv/images/660x400/14660925597498.jpg|ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި

ރޭ އަތުލައިގަނެވުނު މީހާ ބަލާފާސްކުރީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުވެގެން ކަމަށް ކަސްޓަމްސްގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިތުރު ހަތަރު މީހަކުވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް މިމައްސަލައާއި ގުޅިގެން ފުލުހުން ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.