އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ބްރިސްބޭން އިންޓަރނޭޝަނަލް ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް އެރީނާ ސަބަލެންކާ ހޯދައިފިއެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ސަބަލެންކާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އުމުރުން އެންމެ 17 އަހަރުގެ ރަޝިޔާގެ ޒުވާން ކުޅުންތެރިޔާ މިރާ އެންޑްރީވާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ހައެއް ތިނެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ބެލަރޫސް އަށް އުފަން ސަބަލެންކާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު, އޭނާގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ތަށި ދިފާއު ކުރަން ނިކުތުމުގެ ކުރިން މި މުބާރާތް ކާމިޔާބުކޮށް އޭނާގެ އިތުބާރު ބޮޑު ކުރުމެވެ.
ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ ރަޝިޔާގެ ޕޮލީނާ ކުޑެމެޓޯވާ އެވެ. އޭނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޔުކްރޭނުގެ އެންހެލީނާ ކަލިނީނާ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ހަތަރެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.