އިންޓަރ މިލާން ބަލިކޮށް އިޓާލިއަން ސުޕަ ކަޕް އޭސީ މިލާނަށް ލިބުމުން، ކޯޗު ސާޖިއޯ ކޮންސެސާއޯގެ ތައުރީފު ފޯވާޑް ރަފައެލް ލެއާއޯއަށް އޮއްސާލައިފިއެވެ.
އުމުރުން 25 އަހަރުގެ ފޯވަޑް ރޭގެ މެޗުގައި ކުޅެން ނުކުތީ ފަހު ހާފުގަ އެވެ. އޭނާ ކުޅެން ނުކުމެ ދެއްކި މޮޅު ކުޅުމާއެކު ގޯލު ޖަހަން މިލާނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އަދި ފަހު ދެ ގޯލު ޖަހަން މަގުފަހކޮށްދިނީ ވެސް އޭނާ އެވެ.
"ލިއާއޯ އަކީ ވަރަށް ތަފާތު ކުޅުންތެރިއެއް. އަހަރެން ފަދަ ޕޯޗުގަލް މީހެއް. ތަފާތަކީ އޭނާ އަކީ ވަރަށް ހަމަޖެހިގެން އުޅޭ ކުޅުންތެރިއެއް. އަހަރެންނަކީ ވަރަށް ހާސްވެފައި ހުންނަ ކޯޗެއް އަހަރެން އޭނާ ދަންނަން ވަރަށް ކުރިއްސުރެ. އޭނާ އަކީ ކޮންމެވެސް ދުވަހަކުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެވިދާނެ މީހެއްސާޖިއޯ ކޮންސެސާއޯ
ކޮންސެސާއޯ ބުނީ މިހާރަށްވުރެ މޮޅުވާން ލިއާއޯ ބަދަލުކުރަންޖެހެނީ ކުދިކުދި ކަންތައްތަކެއް ކަމަށެވެ.
"އަހަރެން އޭނާ ގާތުގައި ވެސް މިހެން ބުނެފިން. އޭނާ އަކީ ހުނަރުން ފުރިފައިވާ ކުޅުންތެރިއެއް. އޭނާގެ ހުނަރު ޓީމަށް ފޯރުކޮށްދޭން ފަށައިފިނަމަ އިސާހިތަކު އޭނާ ތަފާތު މޮޅު ކުޅުންތެރިއަކަށް ވެދާނެސާޖިއޯ ކޮންސެސާއޯ
އިންޓަ މިލާން ދެ ލަނޑު ޖަހާފައި އޮއްވައި ފަހަތުން އަރައި މެޗު ކާމިޔާބު ކުރެވުނީ ކޯޗު ދެކޭ ގޮތުގައި ކުޅުންތެރިން ނެރުނު އާދަޔާ ހިލާފު ހިތްވަރަކުންނެވެ.
"އަހަރެން (މީގެ ދެ ހަފުތާ ކުރިން) ކޯޗު ކަމާ ހަވާލުވިއުރި މި ޓީމުގެ ކަންކަން އޮތީ ތަފާތުކޮށް. މާބޮޑު ޖޯޝެއްނެތް. އެކަމަކު އަހަރުމެން ވާހަކަ ދައްކައިގެން މިހާރު މިއަންނަނީ ރަނގަޅުވަމުން. މި ތައްޓާއެކު ސީޒަނުގެ ކުރީކޮޅު އަހަރުމެން އުފާކުރަންވީ ވަގުތު މިއޮތީ އައިސްފައި. ދެން މަސައްކަތް ކުރަންވީ އޭސީ މިލާނުގެ ހައްގު މަގާމު (ލީގު ތާވަލުގެ އެއްވަނާ) ގައި ޓީމު ބާއްވަން. މި މެޗުގައި ކުޅުން ޖާދޫ ދައްކައިފިސާޖިއޯ ކޮންސެސާއޯ
އޭސީ މިލާނާއި އިންޓަ މިލާނަކީ އިޓަލީގެ އެންމެ ވާދަވެރި ދެ ޓީމެވެ. ތައްޓާއެކު އެނބުރި އިޓަލީ އަށް ދިއުމަށްފަހު ކޯޗު ބުނީ ފޯކަސް ބަހައްޓާނީ ލީގުގައި ކަލިއާރީދެކޮޅަށް ކުޅެންޖެހޭ މެޗަށް ކަމަށެވެ.