ޚަބަރު

ބޮޑެތި ޑިސްކައުންޓުތަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި


  • މި ބާޒާރު ކުރިއަށްދާނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މާރޗް މަހުގެ 31ގެ ނިޔަލަށް

  • 500 ރުފިޔާއިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެ

  • ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100000ރ ގެ ފައިސާގެ އިނާމެއް ލިބޭނެ

ބޮޑެތި އިނާމްތަކަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާރޗް މަހުގެ 31ގެ ނިޔަލަށެވެ.

އެސްޓީއޯއިން ވިދާޅުވީ މިއަހަރުގެ ރަމަޟާން ބާޒާރުގައި %50 ހަމައަށް ގޭތެރޭގައި ގެންގުޅޭ ސާމާނުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި 500 ރުފިޔާ އިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެ ކަމަށާއި ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތެއް ހޯދާ ހަދިޔާއެއްގެ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެސްޓީއޯއިން ވިދާޅުވީ މިއަހަރުގެ ރަމަޟާން ބާޒާރު ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމެއް ލިބޭނެ ކަަމަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި އެސްޓީއޯއިން އާއިލީ ހަވީރަކާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގައިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށްވެސް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސްޓީއޯއިން ވިދާޅުވީ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެކަމަށެވެ.