ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި ހިންގަންތިބި ވެރިންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ވަރުގަދަވުމަކީ ކުޅިވަރު ކުރިއެރުވުމަށް ކޮށައިދެވޭނެ މަގެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން ގެނެސްދިން "ފެށުން" ޕްރޮގްރާމުގައި ކުޅިވަރު ކުޅުންތެރިންނާއެކު ފުރަތަމަ ކުރެއްވި ތަޖުރިބާގެ ހަނދާންތައް އައުކުރައްވަމުން ރާފިޢު ވިދާޅުވީ ކުޅިވަރު ކުޅުންތެރިންގެ މެދުގައި އޮންނަ އެކުވެރިކަމާއި, އެކުވެރި މާހައުލެއް ގާއިމުކުރުމާއި، ގުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރުމަކީ އެންމެ މުހިންމު ވަސީލަތް ކަމަށެވެ.
ކުރިން ކުޅިންތެރިންނާއެކު އެކަހަލަ މާހައުލެއްގައި އުޅެވުމަކީ މިހާރު ކަންކަން ތަންފީޒުކުރަން ހުރި މީހެއްގެ ހައިސިއްޔަތުން އޭގެ މުހިންމުކަން އިހުސާސްވާ ސަބަބެއް ކަމަށް ވިދާޅުވިއެވެ. އަދި ގައުމީ ކުޅިވަރު މަޖިލީހުގައި ބައިވުރުވުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިޔުމަށް އިތުރަށް ހުޅިވިގެންދިޔަ މަގެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހެން ކަންކަން ކުރުމުގައި މިސާލަކަށް ކައުންސިލްގެ ތެރޭގައި މިނިމަމް މެޑިކަލް ރިކުއާމެންޓެއް ހުންނަޖެހޭނެ ކަމަށް، އެވެސް ވޯކް ކުރެވިފައޮތް އެއް އެއްޗެއް ކުރިންކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
ކުޅިވަރާ ބެހޭ ވާޒީރުގެ މަގާމާ ހަވާލުވެވަޑައިގެން ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅުން ރަނގަޅުކޮށް, ދިވެހި ކުޅިވަރު ކުރިއެރުވަމަށް ވަޒީރު ރާފިޢު ގެންދަވަނީ މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.