ޚަބަރު

މާވެޔޮމަގުގައި ހުންނަ ކެފޭއެއްގައި ހިންގި މާރާމާރީއާ ގުޅިގެން ނޭޕާލް މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސިއްދާރްތާ ގުރުންގް

މާވެޔޮމަގުގައި ހުންނަ ކެފޭއެއްގައި ހިންގި މާރާމާރީއާއި ގުޅިގެން ނޭޕާލް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސިއްދާރްތާ ގުރުންގްއެވެ.

މިމަހުގެ 4 ވަނަ ދުވަހު މެންދުރު މިމާރާމާރީ ހިންގާފައިވަނީ ކެފޭގެ ކައްކާއަކަށް އުޅޭ ނޭޕާލް މީހަކާއި ހެލްޕަރަކަށް އުޅޭ ބަނގްލަދޭޝް މީހަކާ ދެމެދުއެވެ. މިމާރާމާރީގައި އަނިޔާވި ބަންގްލަދޭޝް މީހާއަށް އަންނަނީ ފަރުވާދެމުންނެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކުރި ނޭޕާލް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.