ޚަބަރު

އަލްކަރާޒް، މެޑްވެޑޭވް އަދި ޑެމިނޯ ކުއާޓާ ފައިނަލަށް


ގަތަރުގައި މިހާރު ކުރިއަށްދާ ދޯހާ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް މި މުބާރާތުގައި އެއްވަނައަށް ސީޑު ކޮށްފައިވާ ސްޕެއިންގެ ކާލޯ އަލްކަރޭޒް ހޯދައިފި އެވެ.

ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި ހުރި އަލްކަރޭޒް މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ ލޫކާ ނާޑީ އާއި ދެކޮޅަށް ކުޅުނު މެޗު ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ހައެއް އެކެއްގެ ނަތީޖާއަކުން އަލްކަރޭޒް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓު ހައެއް ހަތަރެއްގެ ނަތީޖާއަކުން ނާޑީ ވަނީ ކާމިޔާބުކޮށް އަލްކަރޭޒް އަށް އުނދަގޫކޮށްފަ އެވެ. ނަމަވެސް ތިންވަނަ ސެޓުގައި އަލްކަރޭޒް ވަނީ އޭނާއަށް ދެވަނަ ސެޓުގައި ހެދުނު ގޯސްތައް ތަކުރާރުކޮށް ހައެއް ހަތަރެއްގެ ނަތީޖާ އަކުން އެ ސެޓު ކާމިޔާބުކޮށްފަ އެވެ.

މި މުބާރާތުގައި ދެވަނައަށް ސީޑުކޮށްފައިވާ އެލެކްސް ޑެމިނޯ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ނެދަލޭންޑްސްގެ ބޮޓިކް ވެންޑެ ޒެންޑްޝަލްޕް އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއެކު ހައެއް ހަތަރެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ޑެމިނޯ އާއި ދެކޮޅަށް ނިކުންނާނީ 2020 ވަނަ އަހަރު ދޯހާ އޯޕަން މިބާރާތް ކާމިޔާބުކޮށްފައިވާ އެންޑްރޭ ރުބްލޭވް އެވެ.

2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބުކޮށްފައިވާ ޑެނީލް މެދްވެދޭވް މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ބެލްޖިއަމްގެ ޒިޒޫ ބާރގް ބަލިކުރުމަށްފަހުގަ އެވެ. މެދްވެދޭވް މި މެޗު ކާމިޔާބު ކުރުމަށް ހޭދަކޮށްފައިވަނީ އެންމެ 53 މިނިޓެވެ.