ކުޅިވަރު

ބ. އޭދަފުށީގައި ކާމިޔާބުކަމާއެކު ބޭސިކް ފުޓްސަލް ރެފްރީ ކޯހެއް ބާއްވައިފި


ބ. އޭދަފުށީގައި ބޭއްވި ބޭސިކް ފުޓްސަލް ރެފްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބ. އަތޮޅު އޭދަފުށި ކައުންސިލުގެ އިދާރާ ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. ފެބްރުއަރީ 15 އިން 21 އަށް ކުރިއަށްދިޔަ މިކޯހުގައި ޖުމްލަ 20 ފަރާތަކުންވަނީ ބައިވެރިވެ ކޯސް ފުރިހަމަކޮށްފައެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޯހުގައި ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީންގެ އަސާސީ ޤަވާއިދުތަކާއި ރެފްރީންގެ ކިބައިގައި ހުންނަން ޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީނުކުރެވުނެވެ.

މިކޯހުގައި ކިޔަވައިދެއްވީ އެފްއޭއެމްގެ ތަޖުރިބާކާރު ރެފްރީސް އިންސްޓްރަކްޓަރުން ކަމަށްވާ އިސްމާއިލް އިޒުހާން އާއި މުހައްމަދު އަނީލްއެވެ.