ޚަބަރު

މަސްވެރިކަމާބޭހޭ ކޮލެޖުގެ އައުޓްރީޗް ސެންޓަރު ގއ.ކޮލަމާފުށީގައި


  • މި ސެންޓަރު ތަރައްޤީ ކުރަނީ 15000 އަކަފޫޓްގެ ސަރަޙައްދެއްގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރު ގއ.ކޮލަމާފުށީގައި ޤާއިމްކުރުމަށް ހަމަޖައްސައި، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ފަރާތުން ސޮއިކުރެއްވ،ީ ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމްއެވެ، އަދި ކޮލަމާފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކައުންސިލުގެ ރައީސް އިބްރާހީމް ވަޙީދުއެވެ.

ޤައުމީ ޔުނިވަސިޓީން ވިދާޅުވީ ކޮލަމާފުށީގައި ތަރައްޤީކުރާ ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރ ވެގެންދާނީ ކޮލަމާފުށްޓަށާއ،ި މުޅި ހުވަދޫއަށްކުރިއެރުން ގެނުވައިދޭނެ ބޮޑު މަޝްރޫއެކަށްކަމަށެވެ. 15000 އަކަފޫޓްގެ ސަރަޙައްދެއްގައި ޤާއިމު ކުރާ އައުޓްރީޗް ސެންޓަރުން ދިރާސާތައް ކުރުމާއި ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިބ،ި އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް އެމްއެންޔޫއިން ވިދާޅުވެއެވެ. އަދި މިމަޝްރޫޢުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި ތިމާވެށީގެ ގޮތުން ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބ،ި ކޮލަމާފުށްޓާއި މުޅި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން ތަކެއްލިބިގެންދާނެކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

މަސްވެރިކަމާބެހޭ ތަޢުލީމާ ތަމްރީންދޭ ކޮލެޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މަސްވެރިކަމާބެހޭ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަކީ ޤާނޫނީގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާގެ މައްޗަށް ލާޒިމްކޮށްފައިވީނަމަވެސް އެމަސައްކަތް މިހާތަނަށް ކުރެވިފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ އެމަސައްކަތް ފައްޓަވާފައެވެ.

ރާއްޖޭގެ ކަނޑުތަކުން ލިބެންޖެހޭ ޙަގީގީ ނަފާ އަންދާޒާކުރެވޭނީ ކަނޑު އަޑީގައި ހުރި ވަޞީލަތްތައް އެނގިގެންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް ކޮލެޖް ވެގެންދާނީ މިދާއިރާ އިތުރަށް ކުރިއަރައި މީހުން ބިނާކޮށް، ކަނޑުގެ ޙަގީގަތްތައް ޢިލްމީ ނަޒަރިއްޔާއަކުން ބެލުމަށް އެޅިގެންދާ ބިންގަލެއްކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.