ޚަބަރު

ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ އުމުރުން 26 އަހަރުގެ ލުބާން ޤައްހާރު

  • ލުބާން ޤައްހާރު 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައި

ހުޅުމާލެ ހިޔާ ފުލެޓްގެ އެޕާޓްމަންޓެއްގައި ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ ފިޔާތޮށިގެ އުމުރުން 26 އަހަރުގެ މުހަންމަދު ލުބާން ޤައްހާރުއެވެ.

މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރައްވަމުންނެވެ.