ރޯދަ ބަދިގޭގައި މިއަދު ގެނެސްދޭނީ "ވީގަން ސޭންޑްވިޗް" އެއް ތައްޔާރުކުރާނެގޮތެވެ. މިއީ ކުޑަ ވަގުތުކޮޅަކުން، ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ކާ އެއްޗެކެވެ.
ފަރާޓާ
ލޮނުމެދު
ބެލްޕެޕަރ
ޓޮމާޓޯ
ލޮނު
އަސޭމިރުސް (މުގުރާފައި)
ސްޕިނިޗް
ފިޔާ
ލެޓިއުސް
ހަލަޕީނޯ
ކްރީމް ޗީސް
މި ރެސިޕީގައި ޕާނުގެ ބަދަލުގައި ބޭނުންކުރާނީ ފަރާޓާއެވެ. ނުވަތަ ބޯކޮށް ކުދިކޮށް ފިހެފައިވާ ރޮށިވެސް ރަނގަޅުވާނެއެވެ.
ފިލިން ތައްޔާރުކުރުމަށް ފުރަތަމަ، ފިޔާ އަފި ލޮނުމެދުކޮޅު ތަވައެއްގައި ތެޔޮކޮޅެއް އަޅާ ކުޑަކޮށް ވަނގާރަ ކޮށްލާނީއެވެ. އެއަށްފަހު ސްޕިނިޗް ފަތްކޮޅު އެޅުމަށްފަހު މިލުވާލާނީއެވެ. ދެން އޭގެތެރެއަށް ލޮނާ އަސޭމިރުސް އަޅަ ރަހަ ހެޔޮވަރުކޮށްލުމަށްފަހު، އެންމެ ފަހު އިންގްރީޑިއަންޓެއްގެ ގޮތުން ކްރީމް ޗީސްކޮޅު އަޅާ އެއްކޮށްލާނީއެވެ. އޭރުން ފިލިން ތައްޔާރުވީއެވެ.
ދެން ފަރާޓާ މައްޗަށް ތައްޔާރުކުރި ފިލިންކޮޅު އަޅާލުމަށްފަހު، ބެލްޕެޕަރ، ލެޓިއުސް އަދި ހަލަޕީނޯކޮޅު އަތުރާލާ، ފަރާޓާ ރެޕްކޮށްލާނީ ނުވަތަ ފަތް ޖަހާލާނީއެވެ. އޭރުން ވީގަން ސޭންޑްވިޗް ތައްޔާރުވީއެވެ.
މިއީ ރޯދަ ވީއްލާ ގަޑިއަށް ކަމުދާނެ ޑިޝްއެކެވެ. ރޯދަ ބަދިގެ ގެނެސްދެނީ ހުޅުލެ އައިލެންޑް ހޮޓެލްގެ އެހީތެރިކަމާއެކުއެވެ.