ކުއްލި އާލާސްކަންފުޅަކާއި ގުޅިގެން މިނިސްޓަރ ޒަމީރަށް ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާދެއްވަން ފަށްޓަވައިފިއެވެ. މިނިސްޓަރ ޒަމީރަށް ފަރުވާ ދެއްވަން ފަށްޓަވާފައިވަނީ ސްރީލަންކާގެ އެއަރޕޯޓުގައި ހުންނަވަނިކޮށް މެއަށް ތަދެއް އެރުމާއިގުޅިގެންކަމަށް މަޢުލޫމާތު ލިބެއެވެ.
މިނިސްޓަރ ޒަމީރުއަށް ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެއްވަމުންދާކަން ޓުއަރިޒަމް މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރ ވަނީ ޕީއެސްއެމަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް މިނިސްޓަރގެ ޙާލަތާއި އަދި ފަރުވާދެއްވަމުން ގެންދަވާ ހޮސްޕިޓަލުގެ މަޢުލޫމާތު އަދި ސާފުވެފައެއް ނުވެއެވެ.