ކުޅިވަރު

ރަމަޟާން 7ވީ7 ލީގު: ސޮކަރ ވެޓެރަންސްއިން ސެމީގެ އުއްމީދު ބޮޑުކޮށްފި


މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ މާސްޓަރސް ކެޓެގަރީގެ ދެވަނަ ބުރުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ އުއްމީދު ސޮކަރ ވެޓެރަންސްއިން ބޮޑުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ދެވަނަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

ސޮކަރ ވެޓެރެންސް ޓީމުން ކުޅުނު މެޗުން އެޓީމު މޮޅުވީ ކުޑަހެންވޭރާ ވާދަކޮށް 2-0 ލަނޑުންނެވެ. މި ކެޓަގަރީގައި ކުލަބު ވެލެންސިޔާ އިން ވަނީ ހިންނަވަރު ހައިނުސް މައްޗަށް 4-2 ލަނޑުން ކުރިހޯދާފައެވެ.

މި ނަތީޖާ އެކު މާސްޓަރސް ކެޓަގަރީގަ މިހާތަނަށް ކުޅުނު ތިން މެޗު ވެސް މޮޅުވެ ސޮކަރ ވެޓެރެންސް ޓީމު އޮތޯ 9 ޕޮއިންޓާއެކު އެއްވަނައިގައެވެ. ވެލެންސިޔާ ދެވަނައިގަ އޮތީ 9 ޕޮއިންޓާއެކުއެވެ. ހިންނަވަރު ހައިނުސް އަށް 3 ޕޮއިންޓް ލިބިފަވާއިރު ކުޑަހެންވޭރު ޔުނައިޓެޑާއި އެމްއެސް މޭޓްސް އަށް ލިބިފަވަނީ އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގެ ވެޓެރެންސް ކެޓގަރީގައި މިއަދު ހައިނުސް އާއި ޓީސީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުގެންނެވެ. މި ނަތިޖާ އެކު މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމައްޓަކައި ދެ ޓީމަށް ވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

މި މުބާރާތް ޚާއްސަކޮށްފަވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށެވެ.