ޚަބަރު

ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން، އައިލެންޑް އޭވިއޭޝަނުން ކުރާ މަސައްކަތަށް ފަޚުރުވެރިވަން: ރައީސް


  • ރައީސް ވަނީ ހުރިހާ މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި

ދިވެހި ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން، އައިލެންޑް އޭވިއޭޝަނުން ކުރަމުން އަންނަ މަސައްކަތަށް ފަޚުރުވެރިވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނަށް 25 އަހަރު ފުރުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން މެދުކެނޑުމެއްނެތި 25 އަހަރު ދިވެހި ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން އަންނަ ކަމަށެވެ. އަދި އެ ކުންފުނީގެ ޓީމުން ކުރައްވާ ހިންމަތްތެރި މަސައްކަތަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ދަތުރުފަތުރު ފުޅާކޮށް އިޤްތިޞާދު ހިފެހެއްޓުމުގައި، އަދި ތަރައްޤީ ދަމަހައްޓައިދިނުމުގައި، ޚިދުމަތުގެ ރިހިޔޫބީލް ފާހަގަކުރާ އުފާވެރި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސް، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފްވެސް ވަނީ އައިލެންޑް އޭވިއޭޝަނަށް 25 އަހަރު ފުރުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ.