ޚަބަރު

އދ.އިން ފާސްކުރީ އެއްވެސް ގޮތަކަށް ރާއްޖެއާއި ގުޅުމެއް އޮތް ރިޒޮލިއުޝަނެއް ނޫން: ޚާރިޖީ ވަޒީރު


ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް"ރިޒޮލިއުޝަން އެއްވެސް ގޮތަކަށް ރާއްޖެއާއި ގުޅުމެއް ނެތްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ، ދީނީ މިނިވަންކަމާ ގުޅޭ ޤަރާރަށް ރާއްޖެއިން ވޯޓު ދިންކަމަށް ބުނެ ފަތުރާ ޚަބަރުތައް ދޮގުކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޚަރިޖީ ވަޒީރު ވިދާޅުވީ، "ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް" ރިޒޮލިއުޝަން އދ.ގެ އާންމު މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ 2000 ވަނަ އަހަރުކަމަށެވެ. 2004 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު މި ރިޒޮލިއުޝަނަށް ވޯޓަށް އަހަމުން ގެންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިއީ އދ.އާއި ކައުންސިލް އޮފް ޔޫރަޕާއި ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ހުށަހަޅާ ރިޒޮލިއުޝަނެއްކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރުކާރުތަކުންވެސް އައީ މި ރިސޮލިއުޝަނަށް ވޯޓް ދެމުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވަނީ މިއީ އެއްވެސް ގޮތަކަށް ރާއްޖެއާއި ގުޅުމެއް އޮތް ރިޒޮލިއުޝަނެއް ނޫންކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެއިން ޢަމަލުކުރަންޖެހޭ ޙާލަތްތަކުގައި، ދީނާއި ސަގާފަތާއި ނުގުޅޭ ކަންކަން ހިމެނޭ ނަމަ ރާއްޖެއިން އެކަންކަމަށް ރިޒަވޭޝަންލަމުން ގެންދާކަމަށާއި، އެއީ ނުގުޅޭ ކަންކަމަށް ޢަމަލު ނުކުރުމުގެ ގޮތުންކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ރައްޔިތުންނަށް ނޯޅޭގޮތަށް ތެދު މަޢުލޫމާތު ފެތުރުމަށް އެދިވަޑައިގެންފައެވެ.