ޚަބަރު

ދަނޑުވެރިކަމުގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި


  • މަޝްވަރާ ކުރައްވައިފައިވަނީ ދަނޑޫވެރިކަމާ ބެހޭ ވަޒީރާއި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން

ދަނޑުވެރިކަމުގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުމަށާއި، އެދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިއާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ޕާލޭ މޯލްޑިވްސްއާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ އެބައްދަލުކުރެއްވުމުގައި ގްރީން ހައުސް ބޭނުން ކޮށްގެން ޒަމާނީ ވަސީލަތްތަކާއެކު، ދަނޑުވެރިކަން ކުރާނެ ގޮތްތަކާއި މާލީ އަދި އިދާރީގޮތުން އެކަން ކުރެވޭނެގޮތްތަކާ ގުޅޭގޮތުން މީހުން ތަމްރީނުކުރުމަށް އެބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށެވެ.

މީގެ އިތުރުން ހަމަ އެކަނި ދަނޑުވެރިކަން ކުރާނެގޮތުގެ އިތުރަށް އި ދަނޑުވެރިން ހައްދާ އެއްޗެހި ވިއްކުމަށް ހިންގާ ވިޔަފާރި ކުރިއެރުވުމަށް އެބޭފުޅުންނަށް ހޭލުންތެރިކަން އިތުރުކޮށްދިނުންކަމަށްށެވެ.

..

ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ ކަންތައްތަކެއް ކުރެއްވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މީގެ ކުރިންވެސް ވަނީ އިޢުލާންކުރައްވައިފައެވެ. އެގޮތުން ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރެވޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުން އިސްވެ ފަށާ ވިޔަފާރިތަކަށް އެހީވުމަށް ޚާއްސަ ފަންޑެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާއި ދަނޑުވެރިކަމުގެ ވިޔަފާރިއާ ގުޅޭގޮތުން އަންހެނުން ތަމްރީންކުރަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިމާއި އެކިއެކި ވަޞީލަތްތައް އަންހެނުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށާއި، ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި އަންހެނުން ބަލައިގަތުން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.