މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ، ތ. ތިމަރަފުށި، ސަލްވާ އުމުރުން 31 އަހަރުގެ ފާޠިމަތު ޝަހުދާ ކަމަށެވެ.
މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ޝަހުދާގެ ޚަބަރެއް ނުވެގެން ގެއްލިފައިވާކަމަށް އާއިލާއިން ފުުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު 20:00 އެހާކަންހާއިރުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ފާޠިމަތު ޝަހުދާ އެންމެ ފަހުން ފެނިފައިވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންކަމަށާއި އެއިރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެއްކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
ފާޠިމަތު ޝަހުދާއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ ލަސްނުކޮށް ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންގެ ޚިދުމަތުންވަނީ އެދިވަޑައިގެންފައެވެ.