ޚަބަރު

މެމްބަރު ޢަލީ ހުސައިން ފުލުހުންގެ މަރުކަޒަށް ޙާޟިރުކުރައްވައިފި


ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން މިއަދު ފުލުހުންގެ މަރުކަޒަށް ޙާޟިރުކުރައްވައިފިއެވެ.

ޢަލީ ޙުސައިން ވިދާޅުވީ މި މަހުގެ ބާވީސްވަނަ ދުވަހު އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެން މިއަދު ފުލުހުންގެ މަރުކަޒަށް ޙާޟިރުކުރައްވައި ސުވާލުކުރައްވާފައިވާކަމަށެވެ. އަދި އެ މައްސަލާގައި ކޯޓް އަމުރުއްގެ ދަށުން އެނާގެ ފޯން ފުލުހުންގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައިވާކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން މިއަދު ޢަލީ ޙުސައިން އެ އިދާރާއަށް ޙާޟިރުކުރައްވާފައިވާކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގެ ތަފްޞީލެއް  ފުލުހުން ހާމައެއް ނުކުރައްވައެވެ.