ޚަބަރު

އީރާނުން ޔަހޫދީންނާ ދެކޮޅަށް ދިން 100އަށްވުރެ ގިނަ ޑްރޯން ޙަމަލާ ހުއްޓުވައިފި


ޔަހޫދީން އީރާނަށް އަމާޒު ކޮށް ދިން ޙަމަލާތަކުގެ ބަދަލުގައި އީރާނުން އެ ޤައުމަށް ދިން 100އަށްވުރެ ގިނަ ޑްރޯން ޙަމަލާ ހުއްޓިވައިފިއެވެ.

ފަތިހުގެ ވަގުތެއްގައި އިރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުލްލިޔަަރ މަރުކަޒުތަކަށް އަމާޒު ކޮށް ޔަހޫދީން ދިން ޙަމަލާގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން ހަ ނިއުކްލިއަރ ސައިންޓިސްޓުން ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ. އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ދިން ޙަމަލާއެއްގައި ކުޑަކުދިންތަކެއް ވެސް ޝަހީދުވެފައިވެއެވެ.

އެ ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދިން 100އަށްވުރެ ގިނަ ޑްރޯން ޙަމަލާގައި ބޭނުންކޮށްފައި ވަނީ ޝާހެދު ޑްރޯނެވެ. ޔަހޫދީން ވަނީ ހުރިހާ ޑްރޯންތައް ވެސް ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ. ޔަހޫދީންނަށް އީރާނުގެ ޙަމަލާތައް ހުއްޓުވުނީ އުރުދުންގެ ބޮޑު އެހީތެރިކަމާއެކުގައެވެ. އުރުދުންގެ ރޯޔަލް އެއާފޯސްގެ މަތިންދާބޯޓާއި ވައިގެ ދިފާޢީ ނިޒާމުން އުރުދުންގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ އީރާނުގެ ޑްރޯންއާއި މިސައިލު ހުއްޓުވާފައިވާ ކަން އެ ޤައުމުން ވަނީ ޔަޤީން ކޮށްދީފައެވެ.