ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެއަންނަ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް ޤާއިމްކޮށްފިއެވެ. މި ކްލިނިކްތައް ޤާއިމްކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް އާއި ހުޅުމާލޭ ހޮސްޕިޓަލްގައެވެ.
ޙައްޖުގެ އަޅުކަމުން އެނބުރި އައުމަށްފަހު، ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، އަދި ސިއްޙީ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، މި ކްލިނިކަށް ދިއުމަށް އައިޖީއެމްއެޗުން ވަނީ އެދިވަޑައިގެންފައެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކެއް ހުޅުވުމާ ގުޅޭ
— IGMH (@igmhmv) June 13, 2025
______________________________________
ފުލޫ ކްލިނިކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ފުރަތަމަ ވަޑައިގަންނަވާނީ އީ.އާރް ޓްރިއޭޖް ކައުންޓަރަށް.
ކިއުބީ ޓޯކެން… pic.twitter.com/l1uQun1MPY
ފުލޫ ކްލިނިކަށް ދާ ހުރިހާ މީހުންވެސް ފުރަތަމަ އީއާރް ޓްރިއޭޖް ކައުންޓަރަށްދިއުމަށް އައިޖީއެމްއެޗުންވަނީ ވިދާޅުވެފައެވެ. އަދި ކިއުބީން ފުލޫ ކުލިނިކުގެ ނަމްބަރެއް ނެގުމަށް ފުލޫ ކްލިނިކަށް ނުވަތަ އިމަރޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖުން އިރުޝާދު ދެއްވާނެކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއްވިއެވެ.
އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ ފުލޫ ކްލިނިކުން ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00އިން ރޭގަނޑު 22:00އަށް ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކުރިއަށްދާނެއެވެ. އަދި މިކްލިނިކްގެ ޚިދުމަތް ދެނީ ބަލިމީހުން ބަލާ ކޮޓަރި ނަންބަރު 10އިންނެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަ ފުލޫ ކްލިނިކް.
— Hulhumalé Hospital (@HMH_mv) June 13, 2025
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 14:00 އިން ރޭގަނޑު 20:0އަށް .
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 1417އަށް ގުޅުއްވާ… pic.twitter.com/3DmNFZZr7z
ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 14:00އިން ރޭގަނޑު 20:00އަށް ޚިދުމަތްދެމުންދާނެއެވެ.
މިކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ދާ ފަރާތްތަކުން މާސްކު އަޅައިގެން ދިއުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކުރައްވާފައެވެ.
1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު، ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުން 230 އަށްވުރެ ގިނަ ޙައްޖާޖީން ވަނީ ރާއްޖެއައިސްފައެވެ.
ޙައްޖުން އަންނައިރު އަރިދަފުސް ރޯގާ ޖެހިފައިވާނަމަ ކެއްސައި ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ކުޑަރުމާލެއް ނުވަތަ ޓިޝޫއެއްފަދަ އެއްޗަކުން ނިވާކުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ބޭނުންކުރާ މާސްކާއި ޓީޝޫފަދަތަކެތި ހާމަ ތަންތަނަށް އެއްލާލުމަކީ ރޯގާއާއި ބަލި ފެތުރުމަށް މަގުފަހިވެދާނެ ކަމެއްކަމުން އެކަމަށް ސަމާލުވެ އެފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުން މުހިންމުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އަދި ރޯގާޖެހި ކެއްސާނަމަ މީހުންއުޅޭ ތަންތަނަށް ނުދިޔުމާއި ހުމާއި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، އަރާމުކުރުމަށްވެސް ޑޮކްޓަރުންވަނީ އިރުޝާދުދެއްވާފައެވެ.