ފަތުރުވެރިންނަށް އެކި ޤައުމުތަކުން ހޮޓެލް ޓްރާންސްފަރ ހަމަޖައްސައިދޭ މަޝްހޫރު ކުންފުންޔެއް ކަމަށްވާ ހޮޕާ ޑޮޓް ކޮމް އިން ހޮވާލި ދުނިޔޭގެ އެންމެ ހިތްގައިމު ހަނީމޫން ރިސޯޓުތަކުގެ ލިސްޓުގައި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ބަރޮސް މޯލްޑިވްސް ހިމެނިއްޖެއެވެ.
ހޮޕަރ ޑޮޓް ކޮމް އިން އެކުލަވާލާފައިވާ ލިސްޓުގައި ހިމެނެނީ ޖުމްލަ ދިހަ ރިސޯޓެވެ. އޭގެތެރޭގައި ބޯރަ ބޯރާގައި ފޯ ސީސަނުން ހިންގާ ރިސޯޓާއި، ފްރާންސްގެ ޕެރިސްގައި ޝަންގްރީލާއިން ހިންގާ ރިސޯޓުގެ އިތުރުން ރޯސްވުޑް އިން މެކްސިކޯގައި ހިންގާ ރިސޯޓު ހިމެނެއެވެ.
ހޮޕަރ ޑޮޓު ކޮމް އިން ހާމަކުރާގޮތުގައި މި ލިސްޓު ތައްޔާރު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކައިވެންޏަށްފަހު ހަނީމޫނަށް ދިޔުމަށް ބޭނުންވާ ފަރާތްތަކަށް ރަގަޅު މަންޒިލެއް ހިޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.