ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފި


  • މިއީ މެޓަބޮލިކް ޑިސްއޯޑާސްއަށް ފަރުވާދޭނެ ސެންޓަރެއް

  • މިތަން ހުންނާނީ ލިލީމަގުގައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފިއެވެ. މިއީ މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގެ ފަރާތުން ހުޅުވި ސެންޓަރެކެވެ.

މި ސެންޓަރު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ. މެޓަބޮލިކް ސެންޓަރުން މެޓަބޮލިކް ޑިސްއޯޑަރއެއް މިސާލަކަށް ހަކުރުބަލި، ކޮލެސްޓްރޯލް ނުވަތަ ލޭގެ ޕްރެޝަރ މައްޗަށް ދިއުން ފަދަ ބައްޔެއް ހުރިނަމަ އެކަން މޮނިޓަރކޮށް، ޓެސްޓުކޮށް އެކަމަށް ފަރުވާކުރާނެއެވެ.

މިތަން ހުންނާނީ ލިލީމަގުގައެވެ.

މެޓަބޮލިކް ސެންޓަރުގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. މުޙައްމަދު ވިޝާމް ވިދާޅުވީ، ޑަޔަބެޓިކްސް އެންޑް މެޓަބޮލިކް ޑިސްއޯޑަރ ސެންޓަރ އެއް ހުޅުވަން ނިންމީ ރާއްޖޭގެ ގިނަ ހެލްތް ސެންޓަރުތަކުގައާއި ހޮސްޕިޓަލްތަކުގައި ދެވޭ ފަރުވާ ހޮލިސްޓިކް އެޕްރޯޗްއަކަށް ނުހުންނާތީކަމަށެވެ. މި ސެންޓަރުން ސްޕެސިޕިކް ޑިޒީޒް ކޮންޕްލެކްސްތަކެއް ހުރިތޯ ބަލައި ހުރިހައި ރައްޔިތުންނަށްވެސް އެ ސްޕެސިޕިކް ޑިޒީޒްތައް އެއީ މެޓަބޮލިކް ޑިޒީޒްތަކެއްތޯ ބަލައި ފަރުވާ ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރެޖިސްޓްރަރ އެއްވެސް މިތަނުގައި ގެންގުޅޭނަން އަދި ސީޖީއެމްއޭ ސިސްޓަމްތަކެއްވެސް މިއަދު އަޅުގަނޑުމެން މި ތައާރަފްކުރީ. ސީޖީއެމް ސިސްޓަމްތަކަކީ ކޮންޓިނިއަސް ބްލަޑް ގްލްކޯޒް މޮނިޓަރިން ސިސްޓަމް. މިއީ ޑަޔަބެޓިކްސްއާއި އަދި ބައެއް ކަހަލަ މުހިންމު ޑައިބެޓިކްސްގެ އުނދަގޫ ހާލަތްތައް ދިމާވެފައި ތިބޭ ބޭފުޅުންނަށް ޓްރީޓްކުރަން ވަރަށް ފަސޭހަ އެއްޗަކަށް މިވަނީ. މިއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ބޭނުމަކަށް މިވަނީ މި ސެންޓަރުގެ." ޑރ.މުޙައްމަދު ވިޝާމް ވިދާޅުވިއެވެ.

މި ސެންޓަރުން ހުރިހައި އުމުރެއްގެ މީހުންނަށްވެސް ޚިދުމަތް ލިބިގެންދާނެއެވެ. މި ސެންޓަރާއިއެކު ވަނީ ޕޭޝަންޓް އެޑިއުކޭޝަން ގައިޑަކާއި އަދި ޑައިބެޓިކް އެޑިއުކޭޝަންއެއްވެސް ތައާރަފްކޮށްފައެވެ.