ޚަބަރު

15 އަހަރުން ދަށުގެ ހައި ޖަމްޕުގެ އެއްވަނަ ދެ އެތުލީޓަކަށް


ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގައި 17 އަހަރުން ދަށުގެ ޓްރިޕްލް ޖަމްޕް އިވެންޓުގެ އަންހެން ކެޓެގަރީން އަފީފުއްދީން ސްކޫލުގެ މަރިޔަމް މަލާކް މުޙައްމަދު އެއްވަނަ ހޯދައިފިއެވެ.

މަލާކް އެއްވަނަ ހޯދީ 7.40 މީޓަރަށް ފުންމައިގެންނެވެ. ދެވަނަ ހޯދީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ މަރިޔަމް ވިމްޔާ އަބުދުﷲއެވެ. އޭނާ ވަނީ 7.31 މީޓަރަށް ފުންމާފައެވެ. ތިން ވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު އަނާއެވެ. އޭނާ ވަނީ 7.29 މީޓަރަށް ފުންމާފައެވެ.

20 އަހަރުން ދަށުގެ ޝޮޓްޕުޓްގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދީ މިލަންދޫ ސުކޫލުގެ ހުސެއިން ރައިސަންއެވެ. އޭނާވަނީ 8.82 މީޓަރު ދުރަށް ޝޮޓް ޕުޓް އެއްލާފައެވެ. ދެވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ މުހައްމަދު ޔާސީން އަބުދުއްރަހްމާނެވެ. އޭނާ ވަނީ 7.57 މީޓަރު ދުރަށް ޝޮޓް ޕުޓް އެއްލާފައެވެ. ތިންވަނަ ހޯދީ މިލަންދޫ ސުކޫލުގެ އަހުމަދު އަނޫސްއެވެ. އޭނާ ވަނީ 7.26 މީޓަރު ދުރަށް ޝޮޓް ޕުޓް އެއްލާފައެވެ.

15 އަހަރުން ދަށުގެ ހައި ޖަމްޕް އިވެންޓުގެ އަންހެން ކެޓަގަރީން އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ މަންހާ އަލީ ޝަރީފާއި، އަފީފުއްދީން ސުކޫލުގެ ހަނާނާނާ ހަސަން އަހުމަދެވެ. މިދެ އެތުލީތުންވެސް ވަނީ 1.26 މީޓަރު އުހަށް ފުންމާފައެވެ. ތިންވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ ފާތިމަތު މިންހާލް މުހައްމަދެވެ. އޭނާ ވަނީ 1.08 މީޓަރު އުހަށް ފުންމާފައެވެ.