ޓެކާސް ރިސޯޓް ކަޕް 2025 ގެ ނިންމުމުގެ ރަސްމިއްޔާތު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ޓެކާސް ރިސޯޓް ކަޕް 2025 ގެ ސައުތު ކާފު ޒޯންގެ ޗެމްޕިއަންކަން ހޯދީ ދަ މެރީނާއިންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ދަ މެރީނާއިން ހޯދީ ސަން ސިޔާން އޮޅުވެއްޔާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ކުޅިވަރު ވަޒީރާއި ވުޒާރާގެ ބައެއް އިސްވެރިން ވަނީ މި މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވާފައެވެ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު ރާފިއުއެވެ. އަދި މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކުޅިވަރު ވުޒަމާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރިޔާޒްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސައުތު ކާފު ޒޯން މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދަ މެރީނާގެ ހަސަން ލައުހުއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގަމު ހޯދީ ދަ މެރީނާގެ މުހައްމަދު ރަޝީދެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ދަ މެރީނާގެ ކޯޗު އަބުދުالله ނަސީރު (އަބޯ) އެވެ.
މިއީ ޓެކާސް ރިސޯޓް ކަޕްގެ ހަތަރުވަނަ މުބާރާތެވެ. ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ސައުތު ކާފް ޒޯންގައި ބައިވެރިވީ ދަ މެރީނާ، ސަން ސިޔާމް އޮޅުވެލި، ޖެ ޑަބްލިއު މެރިއޮޓް، އޯޒެން ލައިފް މާދޫ، ސައި ލެގޫން މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، އެނބޫދޫ ވިލެޖް، ހާޑް ރޮކް ހޮޓެލް އަދި އެސްއޯ މޯލްޑިވްސްއެވެ.