ޚަބަރު

މާލޭގެ މަގެއްގެމަތީގައި ހަބަރު ހުސްވެފައި އޮތް މީހަކު ހޮސްޕިޓަލަށް!


  • ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް

މާލޭގެ މަގެއްގެމަތީގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު 2026 އޭޕްރީލް 6 ވަނަ ދުވަހުގެ އިރުއޮއްސި 18:18 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއްކަމަށާއި އެމީހާ ވަނީ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފައިކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.