މެއިމަހު އެކަނިވެސް ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން 14 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެންސްޕާއިން ޚަރަދުކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން މެއިމަހު ޖުމްލަ 14،236،810.51 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އޭގެތެރެއިން ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ޚަރަދުކުރުމަށް 3،909،573.95 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ރާއްޖެއިން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް 10،327،236.56 ރުފިޔާ ޚަރަދުކޮށްފައިވާކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މޭ 2025 ގައި ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ކުރެވިފައިވާ ޚަރަދު
— NSPA (@NSPAmaldives) June 30, 2025
މޭ 2025 pic.twitter.com/TWkjD7qErV
ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް، އެނދުމަތި ކޮށްގެން ފަރުވާދިނުމަށް، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން އޭޑީކޭ ހޮސްޕިޓަލްގެ ޖުމްލަ 190 ކޭސްއަކަށް 3،228،935.21 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ ޖުމްލަ 334 ކޭސްއަކަށް 4،192،916.43 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ޓްރީޓޮޕް ހޮސްޕިޓަލުން ބޭސްފަރުވާއަށް ޚަރަދުކުރީ، ކަށީގެ ބައްޔަށް ފަރުވާ ކުރުމަށެވެ. އެގޮތުން ކަށީގެ ބަލިތަކުގެ 53 ކޭހަށް 1،221،484.60 ރުފިޔާ އެހީގެ ގޮތުގައި ހަމަޖައްސާފައިވެއެވެ.
ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު ގޮތުގެ ތަފްސީލް pic.twitter.com/Kzk5aGPxl8
— NSPA (@NSPAmaldives) July 1, 2025
• ކަށީގެ ބަލިތައް: 1،221،484.69 ރުފިޔާ
• ވިހެއުމާގުޅޭ: 742،058.68 ރުފިޔާ
• އަންހެނުންގެ ބަލިތައް:399،943.18 ރުފިޔާ
• ގޭސްޓްރޯއިންޓެސްޓިނަލް: 391،447.01 ރުފިޔާ
• އެހެނިހެން: 348،016.03 ރުފިޔާ
• ނޭވާލާ ނިޒާމުގެ ބަލިތައް: 327،699.50 ރުފިޔާ
• ކަރުންމަތީގެ ބަލިތައް: 203،881.30 ރުފިޔާ
• ކާޑިއޯވެސްކިއުލަރ: 135،576.59 ރުފިޔާ
• މައިބަދަ/ނާރުގެ ބަލިތައް: 108،556.94 ރުފިޔާ
• ކުޑަކުދީންގެ ބަލިތައް: 94،904.08 ރުފިޔާ
ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު ގޮތުގެ ތަފްސީލް
— NSPA (@NSPAmaldives) July 1, 2025
މޭ 2025 pic.twitter.com/8SGE1nTCj4
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން އޭޑީކޭ ހޮސްޕިޓަލުން ބޭސްފަރުވާއަށް ޚަރަދުކުރީ، ކާޑއޯވެސްކިއުލަރ ބައްޔަށް ފަރުވާ ކުރުމަށެވެ. އެގޮތުން މިބަލީގެ 14 ކޭސްއަކަށް 994،871.81 ރުފިޔާ އެހީގެ ގޮތުގައި ހަމަޖައްސާފައިވެއެވެ.
• މައިބަދަ/ނާރުގެ ބަލިތައް: 507،457.75 ރުފިޔާ
• ކަށީގެ ބަލިތައް: 432،119.03 ރުފިޔާ
• ނޭވާލާ ނިޒާމުގެ ބަލިތައް: 230،542.06 ރުފިޔާ
• ވިހެއުމާގުޅޭ: 220،693.23 ރުފިޔާ
• ގޭސްޓްރޯއިންޓެސްޓިނަލް: 206،771.88 ރުފިޔާ
• އެންޑޯކްރައިން: 154،204.69 ރުފިޔާ
• ކަރުންމަތީގެ: 128،838.73 ރުފިޔާ
• އަންހެނުންގެ ބަލިތައް: 124،720.94 ރުފިޔާ
• އެހެނިހެން: 112،299.51 ރުފިޔާ
• ކުޑަކުދިންގެ ބަލިތައް: 33،147.96 ރުފިޔާ
އެންސްޕާ ވުޖޫދަށް އައިސްފައި ވަނީ 27 އޯގަސްޓް 2008 ގައެވެ. އެންސްޕާގެ މައިގަނޑު މަސައްކަތަކީ ޤައުމީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ. އަދި މީގެ އިތުރުން ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަކީ ވެސް އެންސްޕާގެ މަސައްކަތެކެވެ.