އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު ފެނުނު އުމުރުން ދުވަސްވީ މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވުމާގުޅިގެން، އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ރޭ ދަންވަރު ހިންގި މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 1:50 އެހައިކަށްހާއިރުއެވެ. ނިދާފައިވާ އޮތް އަނިޔާވެރި ގޮތަކަށް ޒަޚަމްކޮށްލާފައި އޮތްވާ ފެނުނީ އެރަށު އޯކިޑްމާގެ އުމުރުން 65 އަބްދުއްރަހްމާން އާދަމެވެ. އޭނާ ނިޔާވީ އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލާގައި ފުލުހުންގެ ޚާއްސަ ޓީމަކުން މިހާރު ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ރަށަށް އަރާ ފައިބާ މީހުން މޮނިޓަރ ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެހެން ތަނެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ މަޢުލޫމާތު ދީފައެވެ. އެރަށުން މައުލޫމާތު ދިން މީހާ ކިޔައި ދިން ގޮތުގައި ބޮޑަށް އަނިޔާ ދީފައިވަނީ އޭނާގެ ބޮލަށް ކަމަށެވެ. އަދި މިހާދިސާ ހިނގި ކަމަށް ބޮޑަށް ލަފާ ކުރެވެނީ 12:00 އާއި 1:00 ދެމެދު ވަގުތެއްގައި ކަމަށް ބޮޑަށް ބެލެވޭ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ ފަރާތެއްކަން ވަނީ އެނގިފައެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިމައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންނެވެ.