ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނ. މަގޫދުއަށް ވަޑައިގަންނަވައިފި


  • މިއީ މި ދަތުރުފުޅުގެ 11ވަނަ މަންޒިލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނ. މަގޫދުއަށް ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަގޫދުއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅުގައި ވަނީ މަގޫދޫގެ ބަނދަރު ހުޅުވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަގޫދޫގައި އަލަށް އިމާރާތްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވާއިރު، އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

މީގެއިތުރުން ރައީސް ނ. މަގޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ. ރައީސްގެ މި ދަތުރުފުޅަކީ އެމަނިކުފާނު ނ. އަތޮޅުގެ މީހުމް ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ. މަގޫދޫއަކީ މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވި 11 ވަނަ މަންޒިލެވެ.